އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލުކުރި މައްސަލަ އަލުން ފެށުމަށް އެ މަނިކުފާނު ކޯޓަށް ހާޒިރުވާން އެންގިކަންވެސް އެނގުނީ މީހަކު ބުނުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވީ 25 ޑިސެމްބަރު 2022 ގައެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުން ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އަންގައިފަ އެވެ.
އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ފަށަން ނިންމިކަން އެ ކޯޓުން ހާމަކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަށް ބޭއްވި އެ އަޑުއެހުމުގައި މައްސަލަ ލައިވް ކޮށްގެން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނު ކަމަށް ދެންނެވި ކަމަށާއި ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންވެ ވަޑައިގެންފައި އެ ވަނީވެސް މި ސަރުކާރުން އެ ނުފޫޒު ނުފޯރުވާތީ ކަމަށެވެ.
އަދި ޖުޑީޝަރީއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ފޯރަން ބޭނުންފުޅު ނުވާ ކަމަށާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ޖޭއެސްސީ މިނިވަން ކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
”މިހާރު އެ މަނިކުފާނުގެ މައްޗަށް އެ ހިނގާ ޝަރީއަތްތައްވެސް ހަމަ ހަގީގަތަށް މި ދަންނަވަނީ ކުރީ ދުވަހު ކޯޓަށް ކިޔާފައި އޮތްކަންވެސް އަޅުގަނޑަށް އެނގުނީ އެހެން މީހަކު އަޅުގަނޑު ގާތުގައި އެ ވާހަކަ ދެންނެވީމަ. ނޫހުގައި ޖަހާފަ އޮވެގެން އަޅުގަނޑު ކައިރީގައި ދެންނެވީމަ. އަޅުގަނޑަކަށް ނޭނގެ. ދެން ގަބޫލުނުކޮށްފާނެ އެއްވެސް ވަރަކަށް މީހަކު. އޭގެ ނޯންނާނެ ދެންނެވޭނެ އެއްޗެއް. މިއީ ހަގީގަތް،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއްވެސް މީހަކާމެދު ބޭއިންސާފު ޝަރީއަތެއް އަދި ބޭއިންސާފު ހުކުމެއް ކުރެވިގެން ނުވާނެ ކަމަށާއި އެކަމަށްޓަކައި ޖުޑީޝަރީ ވާންޖެހޭނީ ހުރިހާ ގޮތަކުން މިނިވަން ތަނަކަށް ކަމަށެވެ.

12 Comments
ގުޅުންހުރި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
މަސް ކިލޯއެއް 20ރ.އަށް ހަދައިދޭން ރައީސް އަރިހުގައި އެދިއްޖެ
އަބްދުއްރަހީމާއި ޝިޔާމް އަޅުގަނޑު ދޫކޮށްދިއުމުން ހިތަކަށް އެއްވެސް އެއްޗެއް ނާރާ: ޔާމީން
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް