ސެޕްޓެމްބަރ 21, 2024

ސަރުކާރުގެ ޕްރޮޖެކްޓްތައް ފެށުމުން، އިގުތިސާދު ދުވަހަކުވެސް ކުރިނާރާ ވަރަށް ކުރިއަރާނެ: ވަޖީހު

މިހާރު ފެށުމަށް ތައްޔާރު ވަމުންދާ، މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ކާގޯ އެތެރެކޮށްފައިވާ މިންވަރު ދައްކައިދޭ ދެ ގުރާފާއެކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތައް، އެންމެ ރަނގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމަކުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތާރީހަށް ބަލާއިރު މީގެ ކުރިން، ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 2018 ވަނަ އަހަރު ކަމަށެވެ. އެ އަހަރުގެ ކޮންމެ މަހަކު އެވްރެޖްކޮށް 5250 ޓީއީޔޫއެސް ކޮންޓެއިނަރު އެތެރެކޮށްފައިވެ އެވެ.

ނަމަވެސް މި އަހަރުގެ މިހާތަނަށް އެވްރެޖްކޮށް މަހަކު 5375 ޓީއީޔޫއެސް ކޮންޓެއިނަރު އެތެރެކޮށްފައިވާ ކަމަށް ވަޖީހު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މި އަހަރުގެ ކޮންމެ މަހަކު އެވްރެޖުކޮށް 12،625 ޓަނުގެ ޖެނެރަލް ކާގޯ އެތެރެކޮށްފައިވާ ކަމަށްވެސް އެ ގުރާފުން ދައްކަ އެވެ.

”ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމެވެ. މިއިން ދައްކައި ދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމެވެ،“ ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

7 Comments

  • Abdul Azeez Ahmed ސެޕްޓެމްބަރ 2, 2024

    Magaamaa hedhi moya vanee

  • Marie Moosa ސެޕްޓެމްބަރ 2, 2024

    Mulhin angain dho hifahattanee.

  • Eeshan Eeshan ސެޕްޓެމްބަރ 2, 2024

    Mihaaruves rufiyaa koadhulaafa araatheee e fennany.. thiya project thah feshunyma adhi kihaavareh vaane

  • Agisa Hassan ސެޕްޓެމްބަރ 2, 2024

    Dhen nufashaigen thi ulheny keevveyoa! Riyaasy campaign ga ves Muizu buni laari hury hoadhayoa, vote dheyshey, rayyathun vote dhyfi majlis dhyfi!! Faisaa v hisaabeh adhives kiyaeh nudhey😂

  • Fathimath Muna ސެޕްޓެމްބަރ 2, 2024

    Dhen nufashaa thi laakurany yo

  • An Dhiri ސެޕްޓެމްބަރ 2, 2024

    ވަަޖީހުގެމުންޖޭކިޔާ ހުރިހާ ކާގޯބޯޓުތަކަަށް ފައިސާ ނުދެއްކި ތޮށްޖެހިފައި އޮށްވައި އެކަން ހަމަޖެހުމުން ހުރިހާބޯޓުތަކުގެ މުދާއައީމާ ގނަވާނެނު

  • Lionel De Leo ސެޕްޓެމްބަރ 3, 2024

    Kaleymen kiyaa ehchihi dhanee idhikolhah

Leave a Reply