ސަރުކާރުގެ ވިޔަފާރި ތަންތަނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފި އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން އަންގައި ޕީސީބީން މިއަދު ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި މާލީ ހާލަތުން އަރައިގަތުމަށްޓަކައި ރައީސްގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ހަރަދުތައް ހަމަމަގަށް އެޅުވުމަށް ގިނަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތު ކުރިއެރުވުމަށްޓަކައި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ހަރަދު ވީހާވެސް ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
އެގޮތުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ރާއްޖެއިން ބޭރަށާއި އަތޮޅުތެރެއަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން
- ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް މަދުކޮށް، ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން
- ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށްވުރެ ދިގުނުވާ ނަމަ ފަސްޓް ކުލާހުގައި ދަތުރުނުކުރުން
- ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުން
މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް:
- ކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މުވައްޒަފުން އެ މަގާމުތަކަށް ނުނެގުން
- ޕީސީބީގެ ހުއްދައާއި އެކުގައި މެނުވީ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުން
- ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މެނުވީ އިތުރުގަޑީގައި މަސައްކަތް ނުކުރުން
- ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޑޮލަރުން މުސާރައާއި އިނާޔަތް ދިނުން ހުއްޓާލުން
އެހެން ހަރަދުތައް ކުޑަކުރުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ، އެކަންކޮށް ކަރަންޓުގެ ހަރަދު ކުޑަކުރުމާއި ރަސްމިއްޔާތުތަކުގެ ބިލެތްމީރުކޮށްލުމަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުމަށާއި ސީއެސްއާރު އަދި ސްޕޮންސާޝިޕަށްކުރާ ހަރަދުތައް މަދުކުރުން ހިމެނެ އެވެ.




1 Comment
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް