މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ ވެންޓިލޭޓަރުގައި އޮތް ޒުވާނާ މަރުވެއްޖެ

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްގައި ބޮޑެތި އަނިޔާތަކާއެކު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔައީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފެވެ.

މިދިޔަ ތިން ދުވަހު ވެސް އޭނާ އޮތީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގަ އެވެ. ރޭގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފަ އެވެ.

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

އަދި އިއްޔެ ވެސް ހުޅުމާލެ 2 ގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަންނަނީ ފަރުވާ ދެމުންނެވެ.