ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފި އެވެ.
ކުރީގެ ސަރުކާރުގައި އޭރުގެ އާބަންކޯ އިން އާންމުކުރި ”ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު“ ގައިވެސް ވަނީ ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ބިންތަކުގައި ހަ ބުރިއަށްވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ހަމަ އެ ދުވަހު އެ އުސޫލަށް ބަދަލު ގެނެސް ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރަތް ކުރެވޭ ގޮތަށް ބަދަލުކުރި އެވެ.
އެޗްޑީސީން ވަނީ މި މަހުގެ 2ގައި އެ އުސޫލަށް ބަދަލު ގެނެސްފަ އެވެ. މިހާރު އަނބުރާ ގެންގޮސްފައިވާ އެ އުސޫލުގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ހުޅުމާލެ އިން ވިއްކާފައި ހުރި ގޯތިތައް އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު ކަމަށާއި އިމާރާތެއް އެންމެ އުސްވެގެން އިމާރާތް ކުރެވޭނީ ހަ ބުރިއަށް ކަމަށެވެ.
އަދި ހަ ވަނަ ބުރީގެ މައްޗަށް ޓެރެހެއް ހަދާ ނަމަވެސް އިމާރާތުގެ އުސްމިން 18.5 މީޓަރަށްވުރެ އުސްވެގެން ނުވާނެ ކަމަށާއި އިމާރާތުގެ އުސްމިން 16.5 މީޓަރަށްވުރެ އުސްވާ ނަމަ ލިފްޓް ހަރުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.
އެ އުސޫލުގައި ބުނެފައިވާ ގޮތުން ފޭސް 2ގައި އިމާރާތް ކުރުމާއި އިމާރާތުގެ ކުރެހުން ފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ އެޗްޑީސީއަށް ހުށަހަޅައިގެންނެވެ. ހުއްދަތައް ދޭނީވެސް އެ ކޯޕަރޭޝަނުން ކަމަށް އުސޫލުގައިވެ އެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ވަނީ 18،955 މީހަކަށް 9،001 ގޯތި ދިނުމަށް ނިންމައިފަ އެވެ. އޭގެ ތެރެއިން 1،351 މީހަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.




ގުޅުންހުރި
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ މީހުންގެ ގުރުއަތުލުން ފަށައިފި
ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10
ހުޅުމާލޭ ރައްޔިތުންގެ ރައްކާތެރިކަމަށް އެޗްޑީސީން ވަކި ސެކިއުރިޓީ ހިދުމަތެއް
އެޗްޑީސީގެ ލިޔުންތަކެއް ނައްތާލި ކަމަށް ބުނާ މައްސަލަ: ހެއްކެއް ނުހޯދުނު، ފަޒުލްގެ