ޒަހަމްތަކަކާއެކު ނ. ހޮޅުދޫއިން މަރުވެފައި އޮތްވާ ފެނުނު އަންހެން މީހާގެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ހޮޅުދޫއަށް ދިޔުމަށް މިއަދު ފުރައިފި އެވެ.
ފުލުހުން މިއަދު ބުނީ ހޮޅުދޫގައި ޒަހަމްތަކަކާ އެކު، އަންހެނަކު އޮތްކަމުގެ ރިޕޯޓު މިއަދު ހެނދުނު 10:10 ގައި ލިބިގެން ފުލުހުން އެޓެންޑްވި ކަމަށެވެ. އެ މީހާ ހޮޅުދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާ އެވެ. އޭނާގެ ދެ ކުއްޖަކާއި ދެ މާމަ ކުދިން އަދި ފިރިއެއް ވެސް ހުރެ އެވެ.
ޒަކިއްޔާ މަރުވެފައި އޮތްއިރު އޭނާގެ ހަށިގަނޑު ކައިރީގައި މަސް ކަނޑަން ގެންގުޅޭ ވަޅިއެއް އޮތެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ގާސިމްގެ އާއިލާއަށް ނުގުޅަން އޭނާގެ ގާތިލު އަދުހަމަށް އަންގައިފި
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި