ވެމްކޯއިން އަލަށް އިތުރުކުރި ހިދުމަތެއް ކަމަށްވާ އެކި ތަންތަނަށް ގޮސް ފޮޅާ ސާފުކުރުމުގެ ހިދުމަތުން ފުރަތަމަ ސްޓޭޖުގައި އެކަނިވެސް ހަތް މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ފޮޅާ ސާފުކުރުމުގެ ހިދުމަތް އަދި ދެމުންދަނީ ސަރުކާރުގެ ހަ ތަނަކަށް ކަމަށެވެ. އެހެން ނަމަވެސް އެ ހިދުމަތް ފުޅާކޮށް ކުރިއަށް އޮތް ދެ މަހު އިތުރު 10 ކުންފުންޏަކަށް އެޚިދުމަތް ދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވީ އޭގެ ސަބަބުން ވެމްކޯގެ އާމްދަނީއަށް ރަގަޅު ހެޔޮ އަސަރެއް ކުރާނެކަމަށެވެ.އަދި ފުރަތަމަ ސްޓޭޖުގައި ހަތް މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
“ ހޮބާ “ ގެ ނަމުގައި ވެމްކޯ އިން ކުރިޔަށް ގެންދާ ފޮޅާ ސާފުކުުރުމުގެ ހިދުމަތް ވެމްކޯއިން ފެށުމުން ސަރުކާރުން އާދައިގެ ވިޔަފާރިތަކަށް ވެސް ވަންނަނީ ކަމަށް ބުނެ ފާޑު ކިއުންތައް އަމާޒުވެފައިވާ އިރު ވެމްކޯގެ އެމްޑީ ވިދާޅުވީ އެ ހިދުމަތް ޕްރައިވެޓް ކުންފުނިތަކުން ދޭ މިންވަރަށް ވުރެ މާ ރަނގަޅަށް ވެމްކޯއަށް ދެވޭނެ ކަމަށެވެ.އަދި ވެމްކޯ އަކީ އެޚިދްމަތްދިނުމަށް އެންމެ ގާބިލްކުންފުނި ކަމުގައިވެސް އެމްޑީ މުޖޭ ވިދާޅުވިއެވެ.




ގުޅުންހުރި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ވެމްކޯ މުވައްޒަފުންނަށް މުސާރައިގެ ލަސްކަމެއް، މާދަމާގެ ނިޔަލަށް މުސާރަދީ ނިންމަނީ
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
32 ރަށެއްގައި ވެމްކޯގެ ހިދުމަތް ފަށަން ސޮއިކޮށްފި