ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް، އިންޑިއާއަށް ވަޑައިގަންނަވާނެ ތާރީހެއް އަދި ނިންމަވާފައިނުވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވޭ. ދިވެހިރާއްޖެ އާއި އިންޑިއާއާ އެކީގައި މިވަގުތު އެންމެ ރަނގަޅު ތާރީހަކީ, އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް މިދަނީ“ ހީނާ ވިދާޅުވި އެވެ.
މިއީ ރައީސް، އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެ މަނިކުފާނު އެންމެ ފުރަތަމަ އިންޑިއާއަށް ވަޑައިގެންނެވީ ޖޫން މަހުގެ 9 ގަ އެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމަށް ވަނީ ހީނާރު ކަމެއް އައިސްފަ އެވެ. އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ސަރުކާރުން ގެންގުޅުނު ސިޔާސަތާ ގުޅިގެން އައި ހީނަރު ކަމެކެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާ ދެމެދު ކުރިއަށް ގެންދިޔަ މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ. އަދި ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޝަންތަކުގައި އުޅެނީ މަދަނީ މީހުން ކަމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ހުރިހާ ސިފައިން މިހާރު އަނބުރާ ފޮނުވާލާފައިވާ ކަމަށާއި މިހާރު ތިބޭނީ އިންޑިއާގެ މަދަނީ މީހުން ކަމަށެވެ.
އިންޑިއާއަކީ ރާއްޖެއަށް މާލީ ގޮތުންނާއި އުމްރާނީ ގޮތުން ވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަވައްޓެރި ގައުމެކެވެ. ރައީސް މުއިއްޒު، އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިމިވަނީސް ވެސް ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ދަށްވެފައިވާ ދުވަސްވަރެއްގަ އެވެ.

4 Comments
ގުޅުންހުރި
ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ސަރުކާރުން ދެ ގޮތެއް ހުށަހަޅައިފި: ވިލާއަށް
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ