ސެޕްޓެމްބަރ 21, 2024

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެނައި އިސްލާހުގައި ވަނީ އެ ފަރާތެއް ނުވަތަ ކުންފުންޏެއް ވިޔަފާރީގެ މުއާމަލާތްކުރަން ބޭނުންކުރާ ފައިސާއަކީ ރުފިޔާ ފިޔަވާ އެހެން ފައިސާއެއްނަމަ، އެ ފަރާތެއް ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށެވެ. އަންނަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިތަކުގެ މާލީ ބަޔާންތައްވެސް ތައްޔާރުކުރަންވާނީ ކަރަންސީއަކަށް ޑޮލަރު ޖަހައިގެން ކަމަށްވެސް އިސްލާހުގައިވެ އެވެ.

މާލީ ބަޔާން ރުފިޔާ އިން ތައްޔާރުކުރާ ކުންފުނިތަކުން އާމްދަނީ ޓެކްސް މީރާއަށް ދައްކަންޖެހޭނީ ރުފިޔާ އިން ނުވަތަ ޑޮލަރުން ކަމަށް އިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތްހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތްހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކްސް ވެސް ދައްކަން ޖެހޭނީ ޑޮލަރުން ނުވަތަ ރުފިޔާ އިންނެވެ. ނަމަވެސް އެ ޓެކްސްތައް ދައްކަންޖެހޭ ފަރާތްތަކަށް އާމްދަނީ ލިބޭ ފައިސާއަކީ ދިވެހި ރުފިޔާ ނޫން ފައިސާއެއް ކަމަށްވާ ނަމަ، އެ ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް އިސްލާހުގައި ހިމަނައިފައިވެ އެވެ.

ރައީސް އޮފީހުން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން ރިޒާމް އިތުރުކުރުމަށް ބައެއް ގާނޫނުތަކަކާއި ގަވާއިދުތަކަށް ބަދަލު ގެންނަން ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

12 Comments

  • Fathmath Shahula ސެޕްޓެމްބަރ 12, 2024

    Shaaina Abdul Rahman kihineh mivanee

  • Ahmed NAfiz ސެޕްޓެމްބަރ 12, 2024

    Laari negen huri gothakah negeytho balan vaane,

  • Morgan Rex ސެޕްޓެމްބަރ 13, 2024

    Siyaasee haivaanu thah ekani miraajeyga ulhen jeheny

  • Sultan Ameeru Sultan Ameeru ސެޕްޓެމްބަރ 13, 2024

    Kanthah thah islaahu kuraa namugai meethakunah jehusun kurun mee vegenvaane gotheh noon…

  • Ahmed Shujaau ސެޕްޓެމްބަރ 13, 2024

    Mi sarukaarun laariyaa hedhi heybali vanee felunu gothakah rahyithun felaa huskuranee

  • Moona Moony ސެޕްޓެމްބަރ 13, 2024

    Sarukaaruge laarithah nagaigen thibi meehun athun laari negumeh neiybaa

  • Shaba Husain ސެޕްޓެމްބަރ 13, 2024

    mee kihineh vegen ulhey baeh tha thihen hadhamun goss risort thakuga thibi dhivehinnah dollarun libey musaara kolhuvess dhiunu nudheythi 😡

  • Sidey Aufy ސެޕްޓެމްބަރ 13, 2024

    Salhi Dr Muizu

  • Sidey Aufy ސެޕްޓެމްބަރ 13, 2024

    Magaumu controll kuraa madhu elite group thakun nikamethi rayithun felamun dhanee harudhanaa adhi hikumatheri fiyavalhu alhuvan kerivadaigai raeese adhi Dr muizu noonee nudheken

  • Mohamed Abdulla ސެޕްޓެމްބަރ 13, 2024

    hama US Dollar beynumee dho, e keevve

  • Shaim Salaam Shayim ސެޕްޓެމްބަރ 13, 2024

    mihaaru saafuvey mdp in kuri bagaavaateh noon kan . hama dolauge dahivetikan eba inkan sarukaarah

  • Ayya Bro ސެޕްޓެމްބަރ 13, 2024

    Muiz vejje ennu dollar aa masburi rihayaa modegen kaan 😂😂

Leave a Reply