ހުޅުމާލޭގެ މަގުތަކާއި ގޯޅިތަކުގައި ގަވައިދާ ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި ވެހިކަލްތައް ޓޯ ކުރުމާއި އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މާދަމާ ފަށަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މަސައްކަތް އެޗްޑީސީއާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް މާދަމާ ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އެޗްޑީސީން މިފަހުން ވަނީ ހުޅުމާލެ ސަހަރާ ކުރިމަތީ އޮންނަ 90،000 އަކަފޫޓުގެ ބިން ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭނުމަށް ދޫކޮށްފަ އެވެ.
އެ ބިމުގެ 40،000 އަަކަފޫޓު ބޭނުން ކުރާނީ ފުލުހުން ޓޯކުރާ ވެހިކަލްތައް ބެހެއްޓުމަށެވެ. ބާކީ ބަޔަކީ ހަތަރު ފުރޮޅުލީ ވެހިކަލް ޕާކުކުރަން ކަނޑައަޅާފައިވާ ޖާގަ އެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު އެތަން ބޭނުމެއް ނުކުރެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
އެމްބިއުލާންސަކަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރެއްގެ މައްސަލަ ބަލަނީ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް