މޯލްޑިވްސް ރެޑް ކްރެސެންޓާއި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އެކަަޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ތިން ކޯހެއްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ވެމްކޯ އިން މިއަދު ބުނީ ރެޑް ކްރެސެންޓާ ގުޅިގެން ހިންގި ސްޓޭންޑާޑް ފަސްޓް އެއިޑް، ބޭސިކް ފަސްޓް އެއިޑް އަދި ސަޕޯޓިވް ކޮމިއުނިކޭޝަން ކޯހުގައި 64 މުވައްޒަފަކު ބައިވެރިވި ކަމަށެވެ.
އެ ތިން ކޯހުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ބައިވެރިވެފައިވަނީ ބޭސިކް ފަސްޓް އެއިޑް ކޯހުގައި ކަމަށާއި އެ ކޯހުގައި 23 މުވައްޒަފުން ބައިވެރިވި ކަމަށް ވެމްކޯ އިން ބުންޏެވެ. ސަޕޯޓިޕް ކޮމިއުނިކޭޝަން ކޯހުގައި 21 މުވައްޒަފަކު އަދި ސްޓޭންޑާޑް ފަސްޓް އެއިޑް ކޯހުގައި 20 މުވައްޒަފަކު ބައިވެރިވި ކަމަށްވެސް ބުންޏެވެ.
”މި ކޯސްތަކުގެ ސަބަބުން ވަޒީފާގެ މާހައުލުގައި އަދި އެހެން ތަންތަނުގައިވެސް ދިމާވާ ހާދިސާތަކުގައި ފުރަތަމަ އެހީ ދިނުމަށް ބައިވެރިންނަށް އެނގިގެންދާނެ“ ވެމްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ، އެފަދަ ކޯސްތައް ކުރިއަށް އޮތް ތަނުގައި ވެސް ސިލްސިލާކޮށް ވެމްކޯ އެކަޑަމީން ބާއްވަމުންދާނެ ކަމަށާއި އިތުރު ކޯސްތައް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.




ގުޅުންހުރި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ވެމްކޯ މުވައްޒަފުންނަށް މުސާރައިގެ ލަސްކަމެއް، މާދަމާގެ ނިޔަލަށް މުސާރަދީ ނިންމަނީ
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
32 ރަށެއްގައި ވެމްކޯގެ ހިދުމަތް ފަށަން ސޮއިކޮށްފި