ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޖަސްޓިސް (ރިޓަޔާޑް) އައްބާސް ޝަރީފު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި އައްބާސްއަށް މަގާމުގެ ހުވައިލައިދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާނެވެ.
ޕީޖީ މަގާމަށް އައްބާސް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާ ގައެވެ.
އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލާ އޮފް ލޯ ހާސިލު ކުރައްވައިގެން ހުންނެވި އައްބާސް އެންމެފަހުން އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސް މުއިއްޒުގެ ލީގަލް ސެކްރެޓެރީގެ މަގާމާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ގަވަނިން ބޯޑުގެ މެންބަރުކަން ހިމެނެ އެވެ.
އޭގެ އިތުރުން ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަން އަދި 2011 އިން 2015 ވަނަ އަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް އައްބާސް ކުރައްވާފައިވެ އެވެ.
އަދި އޭނާ ވަނީ އޭނާ ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުއްގައްޔޫމާއި އަބްދުﷲ ޔާމީންގެ ވަކީލުކަންވެސް ކުރައްވައިފަ އެވެ.




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް