ވައިގެ މަގުން ރާއްޖެއަށް ޑުރަގް އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައިގައި މި މަހުގެ 16 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ/ ސަމަންދަރު، އަހުމަދު އަހުސަން، 35އ. ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނި ގޮތުގައި އޭނާ ރާއްޖެ އައީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓަކުން ކަމަށާއި އޭނާގެ އަތުން 578 ގުރާމް މަސްތުވާތަކެތި ފެނުނު ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 48 ގުރާމް ހެރޮއިން އާއި 215 ގްރާމް ސިންތެޓިކް ކެތިނޯން އަދި 315 ގްރާމްގެ މެތް ކަމަށެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި