ރާއްޖެއަށް އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވިޔަސް ބަނގުރޫޓުނުވާނެ ކަމަށާއި ގައުމުތަކުން ދަރަނި ދެއްކުން ފަސްކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމް، ”ޖީއެމްް ފޯރަމް 2024“ ގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ 2004 ގައި ރާއްޖެއަށް ސުނާމީ އެރުމުގެ ސަބަބުންނާއި ކޮވިޑް 19 އިގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ބޮޑެތި ގޮންޖެހުންތަކުން ވެސް ދިވެހިން ވަނީ އަރައިގެންފައި ކަމަށެވެ. އޭނާ ވިދާޅުވީ ގޮންޖެހުންތަކުންނާއި ދަތިތަކުން އަރައިގަތުމަކީ ރާއްޖެއަށް އާ ކަމެއް ނޫން ކަމަށެވެ.
”ވަރަށް ޔަގީންކަން އެބައޮތް އެންމެ ބޮޑަށް ދަރާފައިވާ ތަންތަނުން ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެކަމުގެ،“ ސައީދު ިދާޅުވި އެވެ.
”ރާއްޖެ ބަނގުރޫޓެއް ނުވާނެ. ބަނގުރޫޓެއް ނުވާނެ. އެކަމަކު، މެއިންސްޓްރީމް މީޑިއާއިން ވަރަށް ފޯރީގައި ރާއްޖޭގެ ވާހަކަދައްކަނީ. އެއީ، މިއީ ރާއްޖެވީމާ،“
ސައީދު ވިދާޅުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ މާލީ ދަތިތަކަމަކީ މި ސަރުކާރުން ކުރި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށެވެ. އެއީ މި ސަރުކާރަށް ވާރުތަވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެމް) އަދި ވޯލްޑް ބޭންކުގެ އަންދާޒާއަކީ ރާއްޖޭގެ އިގްތިސޯދު 4.1 ޕަސަންޓަށް ކުރިއެރުން ކަމަށް ސައީދު ވިދާޅުވި އެވެ. 2025 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 6 ޕަސަންޓަށް ކުރިއަރާނެ ކަމަށް އެ ފަރާތްތަކުން އަންދާޒާ ކުރާ ކަމަށް ސައީދު ވިދާޅުވި އެވެ.

ގުޅުންހުރި
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
ގައުމު ނުދަރާ ސަލާމަތް ވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި
ކުރީ ސަރުކާރުން ނެގި 1.5 ބިލިޔަން ރުފިޔާ ލޯނު ދައްކާ ނިންމައިފި
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރިޔާސީ ބަޔާނަށް ޔާމީންގެ ފާޑުކިޔުން: މިދިޔަ އަހަރު ނުވި ކަމެއް މި
ގައުމު ނުދަރާ ސަލާމަތް ވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި
ކުރީ ސަރުކާރުން ނެގި 1.5 ބިލިޔަން ރުފިޔާ ލޯނު ދައްކާ ނިންމައިފި
އެފްޓީއޭގެ ދަށުން ޗައިނާ އިން އެތެރެކުރާ ދުންފަތުގެ ބާވަތްތަކަށް އެއްވެސް ލުޔެއް