ތަރައްްގީގެގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ފަންނިއްޔާތާއި ޑިޖިޓަލް އީޖާދުތައް މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އދ.ގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗާގެ ތެރެއިން ބޭއްވި 3 ވަނަ އިންޓަރެކްޓިވް ޑައިލޮގް ހުޅުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް މިއަދު ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ މިހާރު ކުރިއަރާ ތަރައްގީވަމުން ދަނީ ތަޖުރިބާކާރުންނަށްވެސް އަރާ ހަމަކުރެވޭވަރަށް ވުރެ ހަލުވި ދުވެއްޔެއްގައިކަމަށެވެ. ނަމަވެސް ދުނިޔޭގެ ތިންބައިކުޅަ އެއްބައި މީހުންނަށް އަދިވެސް އިންޓަނެޓް ލިބެން ނުހުންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހާބޮޑު އާބާދިއަކަށް އިންޓަނެޓް ލިބެން ނެތުމުގެ ސަބަބުން ފެދެނީ ހަމައެކަނި އިންޓަނެޓް ނުލިބުމުގެ ފަރަގެއް ނޫންކަމަށާއި، އެކަމުގެ ސަަބަބުން ތަރައްގީއާއި، ފުރުސަތުތަަކާއި އަދުލްއިންސާފުގެ ބޮޑު ފަރަގެއް އުފެދޭކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ޑިޖިޓަލް ގޮތުން ކުރިއަރައިގެން ދިއުމުގައި ހުރި ފަރަގުތައް ނައްތާލައި، އެއްވެސް ގައުމެއް ބާކީވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ސިޔާސަތުތަކުގެ ތެރޭގައި ޑިޖިޓަލް އިގްތިސޯދެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަތައް ގާއިމްކުރުން އަދި ހިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން މަސައްކަތްކުރަމުންދަނީ އެކަންކަމަށް ރިޔާއަތްކޮށްގެން ކަމަށެވެ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތައް ކޮންމެހެން ބޭނުންވާކަމަށާއި، އަދި އެކަންކަން ހާސިލުކުރެވޭނީ ތަރައްޤީވަމުން އަންނަ ގައުމުތަކާއި ތަރައްގީވެފައިވާ ގައުމުތަކުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކޮށްގެން، އެ ފަރާތްތަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ފިކުރީ މުދާ ހިމާޔަތްކުރާ އޮފީސް އުފައްދައިފި
”ޕްރޮޖެކްޓް އައިލާ“ ގެ ނަމުގައި ”ސަސްޓެއިނަބަލް ޓައުންޝިޕް“ އެއްގެ ގޮތުގައި އެސްއީޒެޑްއެއް
މިމަހު އެކަނިވެސް 96 މަސާޖު ޕާލާ ބަންދުކޮށްފި
ހިރިމަރަދޫ ރައްޔިތުން ދެން ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލު ހޮވަން!