އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކޮރަޕްޝަންތަކުގެ ތަހުގީގުތައް މިހާތަށްވުރެ ވުރެ އަވަސް މިނުގައި ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.
އައްބާސް މިއަދު ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ބައްދަލުކުރައްވައިފަ އެވެ.
ޕީޖީން މިއަދު ބުނީ އެ ބައްދަލުވުމުގެ ތެރެއިން އޭސީސީން ކުރަމުން އަންނަ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ކަން އައްބާސް ދެއްވާފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި އެކަމާބެހޭ މަޝްވަރާތައް ކުރެއްވި ކަމަށް ޕީޖީން ބުންޏެވެ.
ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އައްބާސް ދެއްވާފައިވާ ކަމަށް ޕީޖީން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް އޭސީސީން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މިހާތަނަށް 11 މައްސަލައެއް އޭސީސީން އެ އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.




1 Comment
ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ކުރީގެ ފަނޑިޔާރު ފައިސަލްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަނީ
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަނީ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި