ޑޯގް ސްކޮޑް ބޭނުން ކޮށްގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ފަށައިފި އެވެ.
ފުލުހުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އެ އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނަކީ ކަސްޓަމްސް އަދި އެއާޕޯޓްސް ކޮމްޕެނީއާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
”ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ކަސްޓަމް ސާވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއްދަނީ ކުރަމުން. މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ދަނީ ހަރަކާތްތެރިވަމުން،“ ފުލުހުން ބުނެފައިވެ އެވެ.
ވީއައިއޭގައި ފުލުހުން އެފަދަ އޮޕަޜޭޝަނެއް ފެށިއިރު މިފަހުން ކަސްޓަމުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެކި މީހުން ކައިރިކައިރީގައި އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ދިވެހިން ވެސް ހިމެނޭއިރު ގިނައީ ބިދޭސީންނެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ފެންނަ ގޮތުން 2014 އިން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެ އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
ކުޑަކުއްޖަކު ލައްވައި މަސްތުވާތަކެތި އުފުލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި