ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަން އިޒްރޭލުން އިޒްރޭލުން ދަނީ ގަތުލުއާންމު ހިންގަމުން ކަމަށާއި އެކަމަށް އިޒްރޭލު ޖަވާބުދާރީކުރުވަން ޖެހޭނެ ކަމަށް އދ. ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ އދ. ގެ މުއާހަދާތަކާއި ނިންމުންތަކަށް ބޮޑު ގައުމުތަކުންނާއި ކުޑަ ގައުމުތަކުން ވެސް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެއް ހަމައަކުން ހުރިހާ ގައުމަކާމެދު އަމަލުކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއްވެސް ގައުމަކުން ހައްގެއް ނިގުޅައިގަތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ އަސާސީ ހައްގުތައް ރައްކާތެރިކުރަން އެންމެ މުހިންމު ކަމަކީ އެ ހައްގުތަކަށް އިހުތިރާމްކުރާ ސަގާފަތެއް އާލާކުރުން ކަމަށާއި ނަމަވެސް، އިޒްރޭލްގެ އަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށާއި ދުނިޔޭގެ ގައުމުތަކަށް އެކަމުގައި އެކަށީގެންވާ ފިޔަވަޅެއް ވެސް އެޅިފައި ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
”އަޅުގަނޑުމެންނަށް މިކަން މިގޮތަށް ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ބައްދަލުކޮށް، ވާހަކަ ދައްކައި، ވައުދުވެވޭ، ނަމަވެސް އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރެވޭ،“ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އދ. ގެ ސެޝަނެއްގައި ފުރަތަމަ ފަހަރަށް އެ މަނިކުފާނު އިއްވެވި ތަގުރީރުގައި ވިދާޅުވި އެވެ.
ގާޒާގައި އިޒްރޭލުން މިހާރު ހިންގަމުންދަނީ އަނިޔާވެރި އަމަލުތަކެއް ކަމަށާއި އެއީ ފަލަސްތީނުގެ ނަސްލު ނައްތާލުން ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ބައިނަލްއަގްވާމީ ނިޒާމާަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖެހުމަށްފަހު އިޒްރޭލުން ހިންގަމުންދާ އަމަލުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
”ގޭގެ އާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އިންސާނީ އެހީގެ ވަސީލަތްތައް ތަކުރާރުކޮށް އެ ދަނީ ހަލާކު ކުރަމުން. ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން މެރުން ތަކުރާރު ކުރަމުން. ހާހުން ހާހަށް ގާޒާގައި އެތައް އާންމު ރައްޔިތުންނެއް މަރުވަމުންދަނީ،“ ރައީސް ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.
އިޒްރޭލުން ލުބުނާނަށް ދެމުންގެންދާ މަލާތަކުގައި ވެސް އެތައް ސަތޭކަ އާންމުންގެ ފުރާނަ ގެއްލެމުންދާ ކަން ރައީސް ކަންބޮޑުވުމާ އެކު ފާޅުކުރެއްވި އެވެ.

ގުޅުންހުރި
އެމެރިކާގެ އަސްކަރީ ހަތިޔާރު އުފައްދާ ފެކްޓްރީއެއް ގޮވައި 19 މީހަކު ”ގެއްލިއްޖެ“
އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ
ހަންޏާމީދުއަށް އުތުރު އަތަފަރު, ފަތުރުވެރިން ޕިކްނިކް ދާން އަލިކޮއި
ރައީސް އޮމަދުއަށް ވަޑައިގަތުމުގެ ކުރީން އެ ރަށުގެ ބައެއްގެ ގޮތުގައި ތިން
ރައީސް، އދ. އަތޮޅުގެ 10 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅޭ ވޯޓުގައި ބޭނުންވާ ވަކި ނަތީޖާއެއް