ގދ. ކަނޑެވާރެހާގައި އަގުބޮޑު ވިލާތަކާއެކު ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހޯނޑެއްދޫ ކައުންސިލުން އިއުލާންކޮށްފި އެވެ.
ގާތްގަނޑަކަށް 4.6 ހެކްޓަރުގެ ކަނޑެވާރެހާއަކީ ހޯނޑެއްދޫގެ އިހުތިސާސުގެ ތެރޭގައި އޮންނަ އޮންނަ ކުޑަ ރަށެކެވެ. ހޯނޑެއްދޫން އެ ރަށަށް ދާން ނަގާނީ ފަސްވަރަކަށް މިނެޓެވެ. އެ ރަށް ކައިރީގައި 70 އަށްވުރެ ގިނަ ފަޅުރަށް އޮންނައިރު، ރަށް ކައިރީގައި ޑައިވިން އަދި ސާވިން ޕޮއިންޓްތަކެއް ހުރެ އެވެ.
ކަނޑެވާރެހާގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލީ އިއްޔެ އެވެ.
އެކަމަށް ހުޅުވާލައި ހޯނޑެއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ރަށް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރަށް ކަމަށާއި ބިޑު ކާމިޔާބުކުރާ ފަރާތަކުން ލީސް އެގްރިމެންޓުގައި ސޮއިކުރާ ދުވަހުން ފެށިގެން ގިނަވެގެން 30 މަސް ދުވަހު ނުވަތަ ދެ އަހަރާއި ހަ މަސް ތެރޭގައި ރިސޯޓް ހަދައި ނިންމަންޖެހޭނެ ކަމަށެވެ.އިއުލާނުގައި ބުނެފައިވާ ގޮތުން ރަށުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 700،000 ޑޮލަރު ނުވަތަ 10.7 މިލިއަން ރުފިޔާ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000 ޑޮލަރު ނުވަތަ 771،000ރ. ހުށަހަޅަންޖެހެ އެވެ.
ހޯނޑެއްދޫ ކައުންސިލުން ދީފައިވާ މައުލޫމާތު ކަރުދާހުގައި ރަށުގައި ތަރައްގީ ކުރެވޭނެ ކޮޓަރިތަކުގެ ހިޔާލުތަކެއްވެސް ދީފައިވެ އެވެ. އަދި ސަރަހައްދުގެ އެހެން މަޝްހޫރު ރިސޯޓްތަކާ އެއްގޮތަށް ކަނޑެވާރެހާގައި ތަރައްގީކުރާ ކޮޓަރިތައް ރެއަކަށް 1،200 ޑޮލަރާއި 1،800 ޑޮލަރާ ދެމެދުގެ އަގަކަށް ވިއްކޭނެ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން ބަލާނަމަ 100 ވިލާ ތަރައްގީކޮށް އެ ވިލާތައް 1،500 ޑޮލަރުގެ އެވްރެޖް ރޭޓެއްގައި ވިއްކައިގެން ރިސޯޓު ތަރައްގީ ކުރާ ބަޔަކަށް އަހަރަކު ގާތްގަނޑަކަށް 38 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.
އަދި ހިންގުމަށް އަދި އެހެނިހެން ކަންކަމަށް ކުރާ ހަރަދު ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އަހަރަކު 19 މިލިއަން ޑޮލަރާއި 22 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބޭނެ ކަމަށްވެސް ކައުންސިލުން ލަފާކޮށްފައިވެ އެވެ.
ރަށަށް ބިޑު ކުރުމުގެ ސުންގަޑި ހަމަވާނީ ނޮވެމްބަރު 17، ގަ އެވެ.

ގުޅުންހުރި
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް
ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 200 މިލިއަން ރުފިޔާގެ ހިލޭ އެހީ
އެމްޑަބްލިޔުއެސްސީން ކުމުންދޫގައި ގާއިމުކުރި ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްފި
ކުޅުދުއްފުށި ޕޯޓުން އިތުރު މުހިންމު ހިދުމަތްތައް ދޭން ފަށައިފި, ވިޔަފާރިތަކަށް ލުއިވާނެ!
ސެންޓްރަލައިޒްޑް އެލްޕީޖީ: ސްމާޓް ނިޒާމެއް, ރައްކާތެރިކަން ޔަގީންވެ, ފައިދާ ބޮޑު!