އިއާދަކުރަނި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރަން އެންމެ ރަނގަޅީ ރާއްޖޭގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އާންމު މަޖިލީހުގައި ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުކަމާއި ކަނޑު ކަމަށެވެ. އެހެންވެ ކަނޑުގ އޮއިންނާއި ރާޅުން ހަކަތަ އުފެއްދުމުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ބޭނުންވަނީ ކަނޑުގެ އޮޔާއި ރާޅާއި ބޭނުން ކޮށްގެން އިއާދަކުރަނިވި ހަކަތަ އުފައްދަން. އެކަމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް އެންމެ ރަނގަޅުވާނީ ރާއްޖޭގައި އިންވެސްޓްކުރަން. ރާއްޖެއަކީ އެފަދަ އިންވެސްޓުމެންޓުތަކަށް އެންމެ ރަނގަޅު ގައުމު“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ 33 ޕަސަންޓް ކަރަންޓުގެ ހިދުމަތް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށެވެ. ރާއްޖޭގެ އެސްއީޒެޑް ގާނޫނުގެ ދަށުން މިހާރު ވަނި އެފަދަ އިންވެސްޓްމެންޓަކަށް ހުއްދަދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އިއާދަކުރަނިވި ހަކަތަ އަމާޒުކުރުމުގެ ހަގީގަތް އޮތީ މާދުރަކު ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާއަތުގެ ދާއިރާގައި ބޭނުން ކުރާ އެކިއެކި ވަސީލަތްތަކަށް ބޭނުންވާ ކަރަންޓުގެ 35 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ބޭނުން ކުރެވޭ ގޮތް ހެދުން ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
އަމާޒަކީ ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅުވައިލުމުގެ ބުރިޖުގެ މަސައްކަތް އަންނަ
ހުޅުދޫ އާއި މީދޫގެ ނިންމުމާއެކު، ތަރައްގީގެ އެތައް މަސައްކަތްތަކަކަށް މަގުފަހިވާނެ: ރައީސް
ރައީސް، ފުވައްމުލަކާއި އައްޑޫއަށް ފުރާވަޑައިގެންފި
އައްޑޫ ކައުންސިލް އަލުން ކަނޑައަޅުއްވައި މީދޫ އަދި ހުޅުދޫ ކައުންސިލް ރައީސް
ހުޅުދޫ އާއި މީދޫއަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި
އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް ގަރާރަކުން