މޯލްޑިވްސް އިމިގްރޭޝަނުން ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހުޅުމަލޭގެ 6 ކެފޭއެއް ބަަލައި ފާސްކޮށް 16 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ޓާސްކު ފޯސް އިން ހުޅުމާލޭގެ ފޭސް އެކެއްގައި ހިންގަމުންދާ 06 ކެފޭ/ހޮޓާ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި މިތަންތަނުގައި ގަވާއިދާ ހިލާފަށް ތިބި 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ބުނީ އޭގެތެރެއިން ނަގަންޖެހޭ ބައެއް ހުއްދަތައް ނުނަގާ ހިންގަމުންދިޔަ ތިން ކެފޭއަކަށް ކަމާގުޅުންހުރި އިދާރާތަކުން ނޯޓިސް ދީފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި ފިޔަވަޅު އަޅަމުންނެވެ.
އިމިގްރޭޝަނުން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން 10 މަސް ތެރޭގައި މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓްކޮށްލައިފަ އެވެ.




ގުޅުންހުރި
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
މައުލޫމާތު ނުދިން 500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފިން: އިހުސާން
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ