އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ދިގުރަށުގެ ކުނިގޮނޑުން ކުއްޖަކު ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ތިނެއްގަ އެވެ. އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައިވަނީ ސްރީ ލަންކާގެ މީހެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ފުރަން ގޮސް އެއާޕޯޓުގައި ހުއްޓަ އެވެ. އޭނާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ވަނީ ނިންމައިފަ އެވެ.
މައްސަލަ ކުރިއަށް ގެންދެވޭނެކަން ކަނޑައެޅުމަށްފަހު ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދީފަ އެވެ. ހިރަންޔާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާތީ ދިފާއީ ވަކީލު ވަނީ އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ. ގާޒީ ވަނީ މިއަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަށް ހުށަހެޅުމަށް ދިފާއަށް ފުރުސަތު ދީފަ އެވެ.
މިއަދު އަޑުއެހުމުގައި ދައުލަތުން ކުއްޖާގެ ޑީއެންއޭ ރިޕޯޓު ހުށަހަޅައިފަ އެވެ. އަދި ވަނީ އެހެން
ޝަރީއަތުގެ ވާހަކަދައްކަން ލިބުނު ފުރުސަތުގައި ހިރަންޔާ ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާ ކަމަށާއި ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދަވާނެ ކަމަށާއި އަދި އަޑުއެހުންތައް ވެސް ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށެވެ.

ގުޅުންހުރި
ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ފަށައިފި
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ