ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ބަދަލު ގެނެސްފައިވަނީ ރޭ 12:00 އިން ފެށިގެންނެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަކަމާއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސްޓެލްކޯ އިން ކޮންޓެކްޓް ސެންޓަރެއް ގާއިމުކޮށް ހޮޓްލައިން، 1545 ތައާރަފުކުރީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.
އެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތު ލިބިގަނެ، ކަރަންޓު ބިލުތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ އެވެ.
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތް ފުޅާކުރުމާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިއީ ސްޓެލްކޯގެ ހިދުމަތް ފުޅާކޮށް، އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކަކީ ޒަމާނާ އެއްހަމައެއްގައި ފައިހަމަކުރާ ހިދުމަތްތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.
”އިރާދަކުރެއްވިއްޔާ މި ހިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރުވެސް ރައްޔިތުން ކުރަމުންދާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ހިދުމަތް ދިނުމުގައި އަޅުގަނޑުމެންނަށް ކުރިއަށް އެޅޭ ކާމިޔާބު ފިޔަވަޅަކަށް،“ ފަހުމީ ވިދާޅުވި އެވެ.
ހޮޓްލައިނެއްގެ އިތުރުން ސްޓެލްކޯއިން ވަނީ އެ ކުންފުނީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ހިދުމަތާއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސައިފަ އެވެ.

ގުޅުންހުރި
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
ސްޓެލްކޯގެ ވައުދު ފުއްދަން ހަފުތާ ބަންދުގައި ވެސް ގަސް އިންދަން ނުކުންނަނީ