ސަރުކާރު ކުންފުނިތަކުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ”ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އެންޑް އެންޓަޕްރައިޒަސް“ އާ ހިލާފަށް އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް ނުބޭއްވުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ) އިން އަންގައިފި އެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ އެސްއޯއީތަކުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ޖެހޭނީ ޕީސީބީގެ އޮފިޝަލުންނާއި ފިނޭންސްގެ އޮފިޝަލުން ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެ ކޯޑާ ހިލާފަށް ޕީސީބީ އަދި ފިނޭންސްގެ އޮފިޝަލުން ނުހިމަނައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އަމަލުކުރަމުންދާކަން މޮނިޓަރިންގައި ފާހަގަވެފައިވާ ކަމަށް ޕީސީބީން ބުންޏެވެ.
”އަހަރީ އާންމު ޖަލްސާ އަދި ހާއްސަ ގޮތުން ބާއްވާ އާންމު ޖަލްސާތައް އިންތިޒާމު ކުރުމުގައި، އިސްވެ ދެންނެވުނު ގަވަނަންސް ކޯޑާ އެއްގޮތުގެ މަތިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް ފިނޭންސްގެ އޮފިޝަލުން ހިމެނޭކަން ކަށަވަރު ކުރަން ދަންނަވަން،“ ޕީސީބީން ބުންޏެވެ.
އަދި ޖަލްސާތައް ބޭއްވުމުގެ ކުރިން ކުންފުނިތަކާ ހިއްސާ ކުރެވިފައިވާ އޮންލައިން ޗެކް ލިސްޓް ފޯމް ފުރިހަމަ ކުރުމަށް ކުންފުނިތަކަށް ޕީސީބީން ވަނީ އަންގައިފަ އެވެ.
ޕީސީބީން ވަނީ އެ ބޯޑުގެ ޒިންމާ އަދާ ކުރުމުގެ ގޮތުން، ބޯޑުން އަންގާ އެންގުން ކުންފުނިތަކުން އަމަލު ކުރުމަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރު ތަންތަނަށް ލާޒިމު ކަމެއްކަން ހަނދާން ކޮށްދީފަ އެވެ.




ގުޅުންހުރި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ