”މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު“ ގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން މިރޭކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރެޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން މި ހިނގާ އޮކްޓޫބަރުގެ ނިޔަލަށް، އެ އޮތޯރިޓީގެ ރިޕޯޓިން ރިކުއާމެންޓެއްގެ ގޮތުގައި އެކުލަވާލާފައިވާ އެމްއެމްއޭގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓާކުރަންވާނެ ކަމަށެވެ.
”މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު“ އަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާތާ 30 ދުވަހުގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމަކަށްވާތީ، ހުރިހާ ފަރާތްތަކުން އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް އެމްއެމްއޭއިން ބުންޏެވެ.




ގުޅުންހުރި
ރޯދަމަހު ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 32 ޕަސަންޓަށް އިތުރުކުރަނީ
20 އަދި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިދުމަތް ފެށުމަށް ޑިވެލޮޕްމަންޓް ބޭންކަށް ހުއްދަ ދީފި
އެފްއައިޔޫގެ ވެރިޔާ ސާޖިދު ސަސްޕެންޑުކޮށްފި