ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ތާޖް މަހަލަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، އެ ޒިޔާރަތްކުރައްވާފައިވަނީ އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށެވެ.
ރައީސް، އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ދަރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.



