ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.
އެމްއެސްސީގެ ބޯޓެއް ކަމަށްވާ ”މަނާސާ އެފް“ ވަނީ އިއްޔެ ރާއްޖެ އައިސްފަ އެވެ. އެ ބޯޓު ރާއްޖެއައުން ފާހަގަކުރުމަށް އިއްޔެ ވަނީ ވޯޓާ ސެލިއުޓެއްދީފަ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ވަނީ އެ ބޯޓަށް މަރުހަބާ ކިޔުމަށް މާލޭ ވިޔަފާރި ބަނދަރުގައި އެމްއެސްސީގެ ލޯކަލް އޭޖެންޓު ސެންޗޫރިއަންއާ ގުޅިގެން ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ބައިވެރިެވަޑައިގެން ވިދާޅުވީ އެމްއެސްސީގެ ބޯޓުން ޖެނެރަލް ކާގޯގެ 800 ކޮންޓެއިނަރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ވަޖީހު ވިދާޅުވީ އެމްއެސްސީން މި ފަށާ ދަތުރުތަކާއެކު ރާއްޖޭގެ ޝިޕިން ކޮންޓެއިނާ ބޯޓުތަކުގެ ހިދުމަތް އިތުރަށް ފުޅާ ކުރެވޭނެ ކަމަށާއި ގައުމުގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. ވަޖީހު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ހަރުދަނާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކަމަށް ރާއްޖެއަށް މުދާ ގެންނަ ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ގެންނަ މުދާ ވީހާވެސް އަވަހަކަށް ވިޔަފާރި ބަނދަރުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
”ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ވެސް އެކަން ކޮށްދެއްވުން އެދެން . އެގޮތަށް ކޮށްދެވުނީ މަ މި ބޯޓުތައް އަވަސްކޮށްލެވޭނީ. ގާޖަ ނެތިއްޔާ ކިހިނެތް ކޮންޓޭނާތައް ބާލާނީ. މިތަނުގައި ބޯޓުތައް މިލިޔަން ޑޮލާސްތައް ހަރަދުވާނެ އިންގޭތޯ. އެހެންވެއްޖެއްޔާ ބޯޓު މިތަނުގައި ނުބޭއްވޭނެ. ބޯޓު ޖެހޭނީ ވިހާ އަވަހަކަށް ދޫކޮށްލަން،“ ވަޖީހު ވިދާޅުވިއެވެ
އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ބޯޓު ދުއްވަން އިން ކެޕްޓަނަށް އެމްޕީއެލް އަދި ސެންޗޫރިއަން ވަނީ ހަނދާނީ ފިލައެއް ވެސް އަރުވާފަ އެވެ.




ގުޅުންހުރި
ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް އެމްޕީއެލް އިން ވަޒީފާ ދީފި، ފުރިހަމަ
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: ލޮޓަސްގެ ވެރިޔާ އާއްޓޭ އާއި އެޕޯލޯގެ
އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގުރާމަށް ހުޅުވާލައިފި