ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާ ފަރާތްތައް 500،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ހިމަނައި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އާ އުސޫލެއް ހަދައި އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.
އިސްލާމިކް މިއަދު އަމަލުކުރަން ފެށި އާ އުސޫލުގައި ބޮޑެތި ޖޫރިމަނާގެ އަދަބުތަކެއް ކަނޑައަޅާފައިވެ އެވެ.
އެގޮތުން މިނިސްޓްރީއާއި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏާމެދު ސޮއިކުރާ އެއްބަސްވުމާއި ހިލާފުވެއްޖެ ނަމަ، 1،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވެއެވެ.
އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި، އެ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލެއް ކޮށްފި ނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައި، 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެ އަދަދުން ޖޫރިމަނާ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި:
- އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި އުމްރާއަށް މީހުން ގެންދިއުން
- އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި، އެ ފަރާތަކީ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށް ދެއްކުން ނުވަތަ އެފަދަ ހުއްދައެއް އޮތް ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން
- އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަނެތި އުމްރާއަށް މީހުން ގެންދިއުމަށްޓަކައި އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ފައިސާ ނެގުން ނުވަތަ ފައިސާ ނަގަން އުޅުން




ގުޅުންހުރި
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
މާދަމާއަކީ މުލަ ރޯދަ ދުވަސް
މައުލޫމާތުދޭން ހާޒިރުނުވުމުން އިސްލާމިކް މިނިސްޓްރީއަށް 700 ރުފިޔާގެ ޖޫރިމަނާއެއް
ސްކޫލު ބަންދުގައި 7،700 އަށްވުރެ ގިނަ ދިވެހީން އުމްރާއަށް ދާނެ