ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެހީ ބޭނުންވާ މީހުންނަށް ފައިސާ ދޫކުރަނީ ހަމަހަމަކޮށް ނޫން ކަން ހާމަވެއްޖެ އެވެ.
އެކަން ހާމަވީ ރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގައި ކޮރަޕްޝަނަށް އޮތް ނުރައްކާތައް ދެނެގަތުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހެދި ދިރާސާއަކުންނެވެ. އެ ދިރާސާގެ ބޭނުމަށް މައުލޫމާތު ނަގާފައިވަނީ 2011 އިން 2023 އަށެވެ. އަދި ދިރާސާގެ މުއްދަތަކީ 2022 އަދި 2023 އެވެ.
އެ ދިރާސާގައި އޭސީސީ އިން ވަނީ ބޮޑު ހަ ކަމެއް ފާހަގަކޮށްފަ އެވެ. އެއީ:
- ހިދުމަތް ފޯރުކޮށްދިނުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރެވެން ނެތުން
- ހެލްތު ވެލްފެއާ ނިޒާމުގެ ތެރެއިން ފައިސާ ދޫކުރެވެނީ ލިބޭ ހިދުމަތަށްކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުން
- ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި އާ ހިދުމަތާއި ބޭސް ރަޖިސްޓަރީ ކުރުމުގައި ހާމަކަން ކުޑަވުން
- އާސަންދަ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ބިލުތަކަށް ފައިސާ ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވުން
- ސިއްހީ ވެލްފެއާ ނިޒާމު ވަށާޖެހޭހެން ޒިންމާދާރުކުރުވައި ޖަވާބުދާރީ ކުރުވާނެ ފަރާތެއް ނެތުން
- އެންސްޕާ މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާދޭއިރު، ހަމަހަމަކަން ނެތުން
އެކަންކަން އިސްލާހު ކުރުމަށް އޭސީސީ އިން ވަނީ 20 ލަފައެއް ދީފަ އެވެ. އޭގެ ތެރޭގައި އާސަންދަ އިން ދައުލަތުގެ ބަޖެޓަށް ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި، ފުރިހަމަ ދިރާސާއެއް ކުރުމާއި ބޭސް ބޭނުން ކުރުމާއި ފަރުވާ ދިނުމާއި ޑޮކްޓަރުންނާ ގުޅުން ހުރި ކްލިނިކަލް އަދި ޕްރެކްޓިސް ގައިޑްލަނެއް ހެދުން ހިމެނެ އެވެ.
އެންމެ މުހިންމު އެއް ކަންތައް ގޮތުގައި އޭސީސީ އިން ފާހަގަކޮށްފައި ވަނީ ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން އަމިއްލަ ތަންތަނުގައި މަސައްކަތް ކުރުމުގެ ގަވާއިދެއް އެކުލަވާލުމެވެ. އަދި އެންމެ ބޮޑު އަގުގައި ބޭސް ވިއްކޭނެ އަގާއި ހިދުމަތް ދެވޭނެ އަގު ކަނޑައަޅަން ވެސް އޭސީސީން ލަފާ ދީފައިވެ އެވެ.




1 Comment
ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ކުރީގެ ފަނޑިޔާރު ފައިސަލްގެ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަނީ
ކޮރަޕްޝަން ހުއްޓުވޭނީ އިންސާނުން ބޭނުން ނުކޮށް, ޑިޖިޓަލްކޮށް ހިދުމަތް ދެވޭނެ ގޮތް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަނީ
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި