މެލޭޝިއާގައި ބާއްވާ އެންމެ ބޮޑު އެއް ޤުރުއާން މުބާރާތް، މެލޭޝިއާ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީގެ މި އަހަރުގެ މުބާރާތުގައި ރާއްޖެ ތަމުސީލު ކުރި ފާތިމަތު ޝާޔާ ޒާހިރު ތިންވަނަ ހޯދައިފި އެވެ.
މި މަހުގެ ފަހަކުން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގައި އިސްކަންދަރު ސްކޫލުގެ ގްރޭޑް 10 އެސް6ގެ ދަރިވަރު ޝާޔާ ވާދަކުރީ ރިސައިޓަލް ކެޓަގަރީގަ އެވެ.
އެ ކެޓަގަރީން 96.13 ޕަސެންޓް ހޯދައިގެން އެއްވަނަ ހޯދީ ނައިޖާގެ މީހެކެވެ. ދެވަނަ 94.89 ޕަސެންޓާއެކު މެލޭޝިއާގެ މީހަކު ހޯދި އިރު، ޝާޔާއަށް ތިންވަނަ ލިބުނީ 94.38 ޕަސެންޓް ހޯދައިގެންނެވެ.
މި މުބާރާތުގައި ބަލައިގެން ކިޔުމާއި ނުބަލާ ކިޔުމުގެ ކެޓަގަރީން ވަނަތަކަށް އަންނަ މީހުންނަށް މެލޭޝިއާ ސަރުކާރުގެ ފަރާތުން ދޭ ފައިސާގެ އިނާމުގެ ގޮތުގައި 40،000 މެލޭޝިއާ ރިންގިޓްސްގެ އިތުރުން 12،000 މެލޭޝިއާ ރިންގިޓްސްގެ އަގުހުރި ރަން ލިބެ އެވެ.
މެލޭޝިއާ އިންޓަނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީއަކީ ޑިޕާޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް މެލޭޝިއާ އިން ބާއްވާ މުބާރާތެކެވެ.
މި އަހަރުގެ މުބާރާތުގައި 71 ގައުމަކުން 92 މީހުން ބައިވެރިވި އެވެ. އަދި މުބާރާތުގައި އެކި ގައުމުތަކުން 15 ފަނޑިޔާރުން ފަނޑިޔާރުކަން ކުރެއްވި އެވެ.




54 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި