ރާއްޖޭގެ ދަރަނީގެ ކަންކަމާމެދު ލަފާ ހޯދަން ދިވެހި ސަރުކާރުން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކިން ފާމެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސް ހަމަޖައްސާފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ނުވަތަ އިސްލާމިކް ބޮންޑް ޑީފޯލްޓްވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. އެ ސުކޫކް ޑީފޯލްޓްވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ ސުކޫކެއް ޑީފޯލްޓްވާ ފުރަތަމަ ގައުމަށެވެ.
އެ ހާލަތުގައި ރާއްޖެ އޮއްވައި ދަރަނީގެ ކަންކަމާމެދު ލަފާ ހޯދަން އެމެރިކާގެ ސެންޓަވިއު ޕާޓްނާސް އާއެކު ރާއްޖެއިން ސޮއިކޮށްފައިވާކަން ރޮއިޓާސް އިނ ރިޕޯޓްކޮށްފައި ވަނީ ކަމުގެ މައުލޫމާތު އެނގޭ ދެ މަސްދަރާ ހަވާލާދީ އެވެ.
ރޮއިޓާސް އިން ބުނެފައިވާ ގޮތުން އެކަމަށް ޖަވާބެއް ހޯދަން ހުށަހެޅުމުން ދިވެހި ސަރުކާރުން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ދިވެހި މީޑިއާތަކަށްވެސް މައުލޫމާތެއް ދީފައެއް ނުވެ އެވެ.
ސީނިއާ އިންވެސްޓްމަންޓް ބޭންކާސްތަކެއް ގުޅިގެން 2006 ވަނަ އުފެއްދި ސެންޓާވިއު އަކީ އެންމެ ބޮޑެތި އަދި އެންމެ ހައްސާސީ ވިޔަފާރި މައްސަލަތަކުގައި ލަފާ ދީފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ އޮފީސްތައް ނިއު ޔޯކް ސިޓީގެ އިތުރުން ލަންޑަން، ޕެރިސް، ޗިކާގޯ އަދި ލޮސް އެންޖަލިސްގައިވެސް ހުރެ އެވެ.
ރޮއިޓާސް އިން ބުނެފައިވާ ގޮތުން އެ ފާމުން ސޮވެރިން އެޑްވައިޒަރީ ވިޔަފާރި މުޅި ދުނިޔެއަށް ފުޅާ ކުރުމުގެ ގޮތުން މި ވަގުތު މުވައްޒަފުން ނެގުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށެވެ.




1 Comment
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް