ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން މަރުހަބާ ކިޔައިފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށާއި ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި އިސްތިހާރު ކުރުމާއި ހިލޭ ބެހުން މި އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރަން ރައީސް ނިންމެވީ މިދިޔަ ހޯމަ ދުވަހު އެވެ.
ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ގޮފިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވޭޕް ކުރުމުގެ އާދަ، ޅަފުރާގެ ކުދީންގެ ގައިގައި ކަންބޮޑުވާ ދަރަޖައަކަށް އަށަގަންނަމުންދާއިރު، ވޭޕް ބޭނުން ކުރުން މަނާކުރުމަކީ އެކަމާ ދެކޮޅަށް ރާއްޖެއިން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޑަބްލިޔުއެޗްއޯ އިން ބުނީ، 2019 ވަނަ އަހަރު ހެދި ’ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭ“ އިން ދައްކާ ގޮތުން ރާއްޖޭގައި އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 23.1 ޕަސެންޓް ފިރިހެން ކުދިން އަދި 10.7 ޕަސެންޓް އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުން ކުރެއެވެ.
އޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ޒުވާނުންގެ މެދުގައިވެސް އެކި ބާވަތްތަކުގެ އިލެކްޓްރޯނިކް ސިނގިރޭޓް ބުއިން ކަންބޮޑުވާ ދަރަޖައަށް އިތުރުވަމުންދާ ކަމަށްވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެ އެވެ.




ގުޅުންހުރި
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޝަކީބު އައްޔަންކުރައްވައިފި
ދަރިވަރެއްގެ ކަރުގައި ހިފައި، ހަމަލާދިން ޓީޗަރެއްގެ މައްސަލަ ފުލުހަށް
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހަދަނީ
އެމެރިކާގެ ރެސްޓޯރެންޓް ފްރެންޗައިޒް، ”ޓީޖީއައި ފްރައިޑޭސް“ގެ އައުޓްލެޓެއް މާލޭގައި ހުޅުވަނީ
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ
4 މަސާޖު ޕާލާއެއް ރެއިޑުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު