އަންނަން އޮތް ޖީލުތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުހާތަބު ކުރާނީ ބޮޑުތަކުރުފާނުގެ ނަމުން ކަމަށް، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މިއަދު އުމުރުން ފަސް އަހަރުގެ ކުދިން، އެ ކުދިންގެ މައިންބަފައިންނަށް ރައީސް މުއިއްޒުގެ ވާހަކަ ކިޔައިދެއްވާނެ ކަމަށާއި އެ ދުވަހު އެ ކުދިން ދެވަނަ ބޮޑުތަކުރުފާނުގެ ނަމުން ރައީސް މުއިއްޒަށް މުހާތަބު ކުރާނެ ކަމަށެވެ.
”މިއަދު އުމުރުން 15 އަހަރުގެ ބޭފުޅުން، އުމުރުން 25 އަހަރުގައި ކިޔައިދޭނެ އެއް ޒަމާނެއްގައި އުޅުނޭ ޑރ. މުހައްމަދު މުއިއްޒު ކިޔާ ރައީސެއް، ރާއްޖޭގެ ވެރިކަން ކުރެއްވިއޭ. އެ ދުވަހު އެ ބޭފުޅުން ކިޔައިދެއްވާނެ އެ ރައީސް ރާއްޖޭގެ ރައީސްކަމާ ހަވާލުވިއިރު، މި ގައުމު އޮތް ހާލަތާއި، އެ ރައީސް ފައިބައިވަޑައިގެން ދިޔައިރު އެ ރައީސް މި ގައުމަށް ކޮށްދެއްވި ހިދުމަތާއި، ގެނެސްދެއްވި ތަހުޒީބާއި، ރައްޔިތުންނަށް ކޮށްދެއްވި އާދަޔާ ހިލާފު ކަންތައްތަކުގެ ވާހަކަ އެ ދުވަހު މިއަދުގެ 15 އަހަރުގެ ކުދިން 25 އަހަރުގައި ކިޔައިދޭނެ،“ ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ކުރަމުން އަންނަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި ޓެކްސް ބޮޑުކުރުމުން ރައްޔިތުންގެ ތަރައްގީއަށްޓަކާ ކުރަން ބޭނުންވާ ކަންކަން ކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށެވެ.




141 Comments
ގުޅުންހުރި
ދިއްދޫ ބިން ހިއްކުން: 5 ދުވަސް ތެރޭ 21 ހެކްޓަރު ހިއްކައިފި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި