ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކެއް އާއިލާ މަސްލަހަތު އޮންނަ ބަޔަކަށް ހަވާލުކުރުމުގެ ސަބަބުން ފެނަކައިގެ ލ. ގަމު، މަތިމަރަދޫ ބްރާންޗުގެ ކުރީގެ އެސިސްޓެންޓް މެނޭޖަރު ނަސްރުﷲ އަބްދުﷲ އަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
އޭސީސީން މިއަދު ބުނީ ނަސްރުﷲ ގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން އެދުނީ، 2019ގައި އޭނާ މަގާމާ ހަވާލުވެހުރި އިރު އޭނާގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރި މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ނަސްރުﷲ ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29 ގައި ކަމަށާއި ޕީޖީގައި އެދުނީ އޭނާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް ކަމަށް އޭސީސީން ބުންޏެވެ.
މިދިޔަ މަހުގެ 29ގައި އޭސީސީން ޕީޖީއަށް ފޮނުވި އެ މައްސަލާގައި ނަސްރުﷲގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ އެ މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ކުންފުންޏަށް ނާންގާ ކަމަށެވެ. އަދި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކައިގެ ހެޑް އޮފީހުގައި އެދިފައި އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ.
ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން ނަސްރުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން އެނގޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ފެނަކައިގެ މަތިމަރަދޫ ބްރާންޗުގެ ކުރީގެ ވެރިއަކަށް ދައުވާކުރަން ފޮނުވައިފި

1 Comment
ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ފައްޔާޒަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލާގައި ސައުދުﷲ: ބަދަލު ދިނީ ދައުލަތަށް ފައިދާވާ
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މާނު 12 އަހަރަށް ޖަލަށް!
ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް
ހާޒިރުނުވާ މުވައްޒަފެއްގެ ނަމުގައި މުސާރަ ނެގި މައްސަލަ 10 އަހަރު ފަހުން
އައްޑޫ މަޝްރޫއުތަކަށް ފެނަކައިން މީހުން ނެގީ އައިޑީކާޑަށް ބަލައިގެން، އިންޓަވިއުއެއް ނުކުރޭ!