ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް އެ މަގާމުން ވަކިކުރައްވައިފި އެވެ.
ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ފައިރޫޝް އަދާކުރެއްވީ ފުލުހެއްގެ ވަޒީފާ އެވެ. އޭނާ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ޖެނުއަރީ، 2021، ގަ އެވެ. ޝަރަފުވެރިކަމާއެކު އޭނާ ރިޓަޔާކުރެއްވީ ހިދުމަތަށް 20 އަހަރު ފުރުމުން އަމިއްލައަށް އެދިގެންނެވެ.
ފައިރޫޝް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި ދުވަސްވަރު މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަދި އެ ވުޒާރާގެ ޓީމުން ދިން އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ފައިރޫޝް މަގާމުން ވަކިކުރެއްވިއިރު ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގްތިސޯދީ ދަތިތަކުން އަރައިގަތުމުގެ ބޭނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ނިންމަވައިފަ އެވެ. ރައީސް ވިދާޅުވެފައިވަނީ ހަތް ސްޓޭޓް މިނިސްޓަރަކު، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުން މަގާމުން ވަކިކުރަން ނިންމަވާފައިވާ ކަމަށެވެ.
އެ ހުރިހާ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުން ވަކިކުރެއްވުމުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.




ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް