އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްޕްލޯއިމެންޓް ބިއުރީ މޯލްޑިވްސް ކުންފުންޏަށް 20.5 މިލިއަން ރުފިޔާ ދެއްކުމަށް މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިފްކޯއާއި އެމްޕްލޯއިމެންޓް ބިއުރޯއާ ދެމެދު ހަދައިފައިވާ އެއްބަސްވުމަށް މިފްކޯއިން ހިލާފުވެފައިވާ ކަމަށް ބުނެ އެމްޕްލޯއިމެންޓް ބިއުރޯއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ސިވިލް ކޯޓުން އެ މައްސަލައިގައިކުރި ހުކުމުގައި ބުނީ މިފްކޯއިން އެއްބަސްވުމާ ހިލާފުވެފައިވާތީ، 20.5 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެމްޕްލޯއިމެންޓް ބިއުރޯއަށް ދެއްކުމަށް މިފްކޯގެ މައްޗަށް ހުކުމްކުރާ ކަމަށެވެ. އަދި ވަނީ 14 ދުވަސް ތެރެއިގައި އެ ފައިސާ ދެއްކުމަށް މިފްކޯއަށް އަންގައިފަ އެވެ.
ސިވިލް ކޯޓުން އެ ހުކުމްކުރީ މިފްކޯގެ އައިރު ހާޒިރުގަ އެވެ.
އެހެންވެ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން، ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ރިވިއުކުރަން އެދެވޭތީ މިފްކޯއިން ވަނީ އެ ހުކުމް ބާތިލްކުރަން ސިވިލް ކޯޓުގައި އެދިފަ އެވެ.
މިފްކޯ އިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ގެއްލުމުގެ ބަދަލު ދޭން ނުޖެހޭނެ ހަގީގީ ސަބަބުތަކެއް ހުރުމުން އެ މައްސަލާގައި ހެކި ހުށަހަޅަން ބޭނުންވާ ކަމަށެވެ.
ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ 20.5 މިލިއަން ދައްކަން މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ނުވަތަ ބާތިލް ކުރަންޖެހޭ ސަބަބެއް މި މައްސަލާގައި މިފްކޯއަށް ދެއްކިފައިނުވާ ކަމަށެވެ.
އެހެންކަމުން، އެ ހުކުމް ބާތިލް ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.




ގުޅުންހުރި
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: މިފްކޯ އިން މުއާޒު ސަސްޕެންޑްކޮށްފި
ޗެނަލް 13ގެ ކުރީގެ ސީއޯއޯ ސަމާހު، ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރުކުރަން