އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އެގޮތަށް ނިންމެވީ ކެބިނެޓް ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހަށް މިނިސްޓަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުން ބުނީ، ޔޫޕީއައި ތައާރަފުކުރުމަށްޓަކައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ލީޑް ކުރާ ގޮތަށް ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
އެ ކޮންސޯޓިއަމްގައި ރާއްޖޭގެ ބޭންކުތަކާއި ޓެލެކޮމް ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށްވެސް އެ މަނިކުފާނު ކަނޑައެޅުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސް ކުރުމަށް އިންޓަ އެޖެންސީ ކޯޑިނޭޝަން ޓީމެއްވެސް ރައީސް މިއަދު އެކުލަވައިލުމަށް ނިންމެވި ކަމަށެވެ. އެ ޓީމުގައި ހިމެނެނީ:
- އިކޮނޮމިކް މިނިސްޓްރީ
- ފިނޭންސް މިނިސްޓްރީ
- ހޯމްލޭންޑް މިނިސްޓްރީ
- އެމްއެމްއޭ




ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި