ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓް 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.


ރާއްޖެއިން ބޭރުގައި ކިޔަވާކުދިންގެ ބީއެމްއެލް އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓް 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ބޭނުން ކުރެވޭނެ ލިމިޓް އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން 1،200 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ޑޮލަރު ލިބުމުގައި ދަތިތަކެއް ހުރި އިރު، އެކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހުރި ދަތިތައް ބޭންކަށް އެނގޭ ކަމަށެވެ.
އެގޮތުން މިއަދު ނިންމި ނިންމުމަކީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކޮންމެ ދުވަހެއްގެ މާލީ ބޭނުންތައް ފުއްދުމަށް ބޭންކުން އިސްކަންދީ އެހީތެރިވާނެ ކަމުގެ ހެއްކެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ، އިތުރު ކުރި ޑޮލަރު ލިމިޓް ދަރިވަރުންނަށް ހަމަޖައްސައިދޭނީ ބޭންކުގެ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އެކަމަށް އެދި ރަޖިސްޓްރީ ކުރުމުން ކަމަށެވެ. އަދި ރަޖިސްޓްރީ ކުރާއިރު ކަމާގުޅުން ހުރި ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބުންޏެވެ.

1 Comment
ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ