މިއަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް މިއަދު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓަށް 5.1 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަަޅައިފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި އެ ބަޖެޓު މަޖިލީހަށް ހުށަހަޅުވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މިއީ ޒަމީރުގެ އިސްނެންގެވުމުގެ މަތިން ތައްޔާރުކުރި ފުރަތަމަ ބަޖެޓެވެ.
އެ ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރައިގެންދާނެ އެވެ. އެ ބަޖެޓުގައިވާ ގޮތުން ބަޖެޓުގެ ބޮޑުބައެއް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އެގޮތުން ސަޕްލިމެންޓްރީ ބަޖެޓުގެ ދެ ބިލިއަން ކަނޑައަޅައިފައިވަނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ މުހިންމު ބައިތައް:
– ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ
– ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް): އެއް ބިލިއަން ރުފިޔާ
– ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ
– ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ
– ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ
– އެންސްޕާ: 263 މިލިއަން ރުފިޔާ
– މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ
– މުސާރަ: 24 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީން ބުނީ، ޕީއެސްއައިޕީ އަށް އެހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހުނީ، ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ އިތުރަށް ބައެއް ޕްރޮޖެކްޓްތަކަށް ހަރަދު ކުރަން ޖެހުމުން ކަމަށެވެ. އެއީ މި އަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، ގިނަ މަޝްރޫއުތަކަށް ރިއަލިސްޓިކް އަދަދަށް ވުރެ ކުޑަކޮށް ޖަހާފައި އޮތުމުން ދިމާވި މައްސަލައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެސްއޯއީތަކަށް ކުރާ ހޭދަ އިތުރު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ ކުންފުނިތަކުން ހިންގާ ބައެއް މަޝްރޫއުތަކަށާއި އަލަށް އުފެއްދި، ޑިވަލޮޕްމެންޓް ބޭންކުގެ އޮޕަރޭޝަންތައް ފަށައިގަތުމަށް ބޭނުންވާ ކެޕިޓަލް ދޫކުރަން 150 މިލިއަން ރުފިޔާ ހަރަދު ކުރުމަށެވެ.

2 Comments
ގުޅުންހުރި
އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށްވުރެ އިތުރަށް ދަރިން ނުހޯދުން ފެޝަނަކަށް
ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން: އިބްރާހިމް ހުސެއިން
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި