ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ވަޒީފާތަކުގައި ތިއްބެވި މީހުންގެ އަދަދު ހާމަނުކުރާތީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
އެ މައްސަލައިގައި މީކާއީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މަގާމުތަކުގައި ތިއްބެވި މީހުންގެ މުސާރަ ކުޑަކުރަން ނިންމަވައިފައި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތު ހާމަކުރުމަށް ގޮވައިލައި ކުއްލި މައްސަލަ ހުށަހަޅާ ކަމަށް މީކާއިލް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 59 މެންބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. އެ މައްސަލައަށް ތާއީދު ކުރެއްވީ އަށް މެންބަރުންނެވެ.
އެހެންވެ އެ މައްސަލައަށް ބަހުސްނުކޮށް މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.




ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް