ސްރީ ލަންކާގައި އުޅޭ އިޒްރޭލުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާއެއް ދޭން ރާވަމުންދިޔަކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ލަންކާ ސަރަގައި ބުނެފައިވާ ގޮތުން ސްރީ ލަންކާ ޕޮލިސްގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޑިވިޝަނުން އެ މީހާ ހައްޔަރުކުރީ ރަތްމަލާނަ ސަރަހައްދުންނެވެ. އޭނާއާއެކު ޖަފްނާއަށް ނިސްބަތްވާ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަރުގަމް ބޭގައި ދޭން ރާވަމުންދިޔަ އެ ހަމަލާގެ މައުލޫމާތު ލަންކާގެ ސަލާމަތީ ބާރުތަކާ ހިއްސާކުރީ އިންޑިއާގެ އިންޓެލިޖެންސް އެޖެންސީންނެވެ.



