ޓެކްސްތަކާއި، ފީ، އަދި ޑިއުޓީތައް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހަތަރު ބިލެއް ދިރާސާ ކުރުމަށް އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު އަދި އިގުތިސޯދީ ކޮމިޓީގެ ޖޮއިންޓު ކޮމިޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިހާބުކޮށްފި އެވެ.
އެ ޖޮއިންޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު ވަނީ ކޮމިޓީގެ މުގައްރިރަކަށް ގާސިމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދުގެ ނަން ހުށަހެޅުއްވައިފަ އެވެ.
ކޮމިޓީގެ މުގައްރިރަކަށް ގާސިމް އަދި ނައިބު މުގައްރިރަކަށް ފަޒާދު އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ކޮމިޓީން ދިރާސާކުރާ ބިލުތަކަކީ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑުކުރަން ޓޫރިޒަމާ ބެހޭ ގާނޫނާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ހުށަހަޅުއްވާފައިވާ ދެ ބިލާއި، ނޮވެމްބަރު 15، އާ ހަމައަށް އެތެރެކުރާ ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން އަދި ސިގިރޭޓާއި ދުންފަތުން ނަގާ ޑިއުޓީ އަދި ޓެކްސް ބޮޑުކުރަން މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ދެ ބިލެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ މި ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމަންވެސް ފާސްކޮށްފަ އެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ