ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަތައް ރިވިއުކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ ޖިނާއީ މައްސަލަތަކުގައި ދައުލަތުން ކޮށްފައި ހުރި ދައުވާތަކާއި ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކުރަން އެދުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ޖުމްލަ 539 މައްސަލައެއް ރިވިއުކުރަން ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ.
ޔާމީންގެ ފަރާތްޕުޅުން ރިވިއު ކޮށްދިނުމަށް އެދިފައިވާ މައްސަލަތަކުގެ ތެރެއިގައި ވ. އާރަށް އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާތަކުގެ މައްސަލަތައް ހިމެނެ އެވެ.
ނަމަވެސް މި ދައުވާތަކާ މެދު ޕީޖީ އޮފީހުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.




ގުޅުންހުރި
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ
ޔާމީން، މުއިއްޒަށް: އިގުތިސާދު އޮތީ ކޮޅަކަށް ނޫން، އިގުތިސާދާއި ކޮރަޕްޝަން ވެސް
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން