ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީޏް މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމުން އަނެއްކާވެސް ބަޖެޓް ފޮނުވާނީ ތަޅުމަށެވެ. އަދި ބަޖެޓު ފާސް ކުރުމާ ގުޅޭ ގޮތުން ބަހުސްކޮށް، ތަޅުމުން ގޮތެއް ނިންމާނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ބޭރުގެ ލޯނު އެހީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. އަދި ޑޮމެސްޓިކް މާކެޓުން ހޯދަން ކަނޑައަޅާފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ މުހިންމު ބައިތައް:
– ޕީއެސްއައިޕީ: ދެ ބިލިއަން ރުފިޔާ – ސަބްސިޑީ (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް): އެއް ބިލިއަން ރުފިޔާ – ކޮންޓިންޖެންސީ ބަޖެޓު: 650 މިލިއަން ރުފިޔާ – ސްޓޫޑެންޑް ލޯނު: 458 މިލިއަން ރުފިޔާ – ސަރުކާރު ހިއްސާވާ ކުންފުނިތައް: 441 މިލިއަން ރުފިޔާ – އެންސްޕާ: 263 މިލިއަން ރުފިޔާ – މެޑިކަލް ކޮންޒިއުމަބަލްސް: 200 މިލިއަން ރުފިޔާ – މުސާރަ: 24 މިލިއަން ރުފިޔާ
ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަން ހަމަޖެހިފައިވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ކަނޑައަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތަކަށެވެ. އަދި ދެވަނައަށް އެންމެ ބޮޑު އަދަދެއް ހުށަހެޅީ ސަބްސިޑީއަށެވެ.




ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް