ސްޓެލްކޯގެ ސްލޯގަންއަކީ ”ތަރައްގީގެ ބައިވެރިޔާ“ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު އެ ކުންފުނީގެ ސްލޯގަން އިފްތިތާހުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަމަށެވެ.
އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް މިއަހަރު ޑިސެމްބަރު 75 އަހަރު ފުރޭއިރު މިއީ ސްލޯގަންއެއް ބޭނުންކުރަން ފެށި ފުރަތަމަ ފަހަރު ކަމަށް ސްޓެލްކޯއިން ބުންޏެވެ.
”މި ސްލޯގަންއިން ރަމްޒުކޮށްދެނީ 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ގައުމީ ތަރައްގީގައި ސްޓެލްކޯއިން ވެފައިވާ ހިއްސާ“ ސްޓެލްކޯއިން ބުންޏެވެ.
އެގޮތުން ގައުމީ ތަރައްގީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ހިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު ސްލޯގަންއިން ރަމްޒުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ހިދުމަތުގެ އިތުރުން މިހާރު ދެމުންދާ ފެނާއި، ނަރުދަމާގެ ހިދުމަތާއިއެކު ގައުމީ ތަރައްގީގައި ސްޓެލްކޯގެހިއްސާ އިތުރުވެގެން ގޮސްފައިވާކަން ސްލޯގަންއިން ރަމްޒުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.




ގުޅުންހުރި
ހުޅުމާލޭގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގެއް ފަށައިފި
ކަރަންޓު މައްސަލަ ހައްލުކުރަމުން ދަނިކޮށް އަލިފާން ރޯވެ ސްޓެލްކޯގެ މުވައްޒަފަކު ފިހިއްޖެ
ކަރަންޓުގެ ދާއިރާއިން ކުރިއަށްދާން 116 އަންހެނަކަށް ހިތްވަރުދީ، ހިތްޖައްސުވައިފި
މިދިޔަ ދެ އަހަރުތެރޭ 29 ރަށެއްގައި 44 ޖެންސެޓް ބަހައްޓައިފިން: ސްޓެލްކޯ
މިދިޔަ ދެ އަހަރުގެ ރޯދަ މަހު 118 މިލިއަންގެ ރުފިޔާގެ ޑިސްކައުންޓް
ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކުރުމުގެ އިނާމު ސްޓެލްކޯގެ 5 މުވައްޒަފަކަށް