ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އައިޝަތު އާޒިމާ އަދި ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި އަހުމަދު ސަރީރު އައްޔަން ކުރައްވައިފި އެވެ.
އެ ބޭފުޅުން އެ މަގާމަށް މިއަދު އައްޔަންކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ސަރީރު، ސައުދީގެ ސަފީރު ކަމަށް އައްޔަން ކުރުމަށް ފާސްކުރި އިރު އާޒިމާ މަގާމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 14 ގަ އެވެ.
އަޒީމާއަކީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ.
އިންޑިއާގެ، ސަފީރު ކަމަށް އައްޔަން ކުރެއްވި ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް އޭނާ އަދާކުރެއްވި އެވެ.
ސަރީރު ވަނީ ފޮރިން ސެކްރެޓަރީގެ މަގާމާއި އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު