ނޮވެމްބަރ 15, 2024

މަގުމަތީ އުޅޭ ބުޅާތަކަށް ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއް ހޯދައިދޭން ހެދި “އޮޅު ހިޔާ“ ހުޅުވައިފި

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ހެދި މިއަދު ހުޅުވައިފި އެވެ.

”އޮޅު ހިޔާ“ ނަމުގައި ހުޅުމާލެ 2 ގައި ހެދި ބުޅާ ފެސިލިޓީ ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މާލެ ސިޓީ ކައުންސިލަށް އެޗްޑީސީން ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައި ހެދި އެ ފެސިލިޓީގައި މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމައްޗާއި އާންމުން ތަންތަނުގައި އުޅޭ ބުޅާތައް ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި ބުޅަލުން ޖެހޭ ބަލިތަކުން ސަލާމަތްކޮށް، ބުޅާތަކަށް ދިރިއުޅެވޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހުޅުވި ފެސިލިޓީއެކެވެ.

މިތަނުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއް ވެސް ހުންނާނެ އެވެ. ބުޅަލަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ އެއްޗިއްސަށް ދުވެ އުޅެވޭ ސަރަހައްދެއް ވެސް މިތަނުގައި ހަދާފައިވެ އެވެ.

އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް އެ ފެސިލިޓީއަށް ގެންދިޔަ ނަމަވެސް ޕެޓްގެ ގޮތުގައި ގެންގުޅޭ ކޮންމެ ޖަނަވާރަކަށް އެ ހިޔާ އިން ހިދުމަތް ދޭނެ ކަމަށެވެ އަދި ރާއްޖެ އިން ބޭރަށް ނުވަތަ ރަށަކަށް ފުރައިންގެންދާ ފަރާތްތަކަށްވެސް އެ މީހުންގެ އޮޅު ޖަނަވަރާތުތައް އެ ތަނުގައި ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ތަނަށް ޒިޔާރަތްކުރާ ކުޑަކުދިންނަށްވެސް ބުޅާތަކަށް ކާން ދިނުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ނަމަވެސް ބޭރުން ގެންނަ އެއްވެސް ބާވަތެއްގެ ކާތަކެތި ބުޅާތަކަށް ކާންދިނުން މަނާވާނެ ކަމަށެވެ. އަދި އެ ފެސިލިޓީއަށް ނަގާ ބުޅާތައް އެޑޮޕްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވިދާޅުވި އެވެ.

16 Comments

  • Akram Abbas ނޮވެމްބަރ 2, 2024

    Magumatheega hakuru boigen heydhebaivefa thibee janvaarunnahvureves dhera bayakahthaa mivee?

  • Comex Moje ނޮވެމްބަރ 3, 2024

    Janavaarunah vure rahyethumeehaaa nikamethi kohfe

  • Ayya Rashyd ނޮވެމްބަރ 3, 2024

    Bodu biya dhaulathah ethah dolareh vanna varuge kameh thi vee thikan goas kamekey noon …hadhaan vanee bunkarin ney kiyaa bodu biya haflaa ah rodaali baigandu fonuvi dhuvass….. Adam azim ah👏👏👏👏👏

  • Faa Thun ނޮވެމްބަރ 3, 2024

    4 aharu fahun campaign ah olhuhiyalah vadainnavaa. nama nama rayyithun kairiah vote hoadhan nudhuvaathi

    • Shahuu Hameedh ނޮވެމްބަރ 3, 2024

      Faa Thun Annaane. Arihuga thibeyne meehun vex vaane

    • Faa Thun ނޮވެމްބަރ 3, 2024

      Shahuu Hameedh aan komme meehaku vote hoadhan v ma ladheh hayaatheh novaey rayyithu meehaa fahathun dhuvan. Ehen noonee bulhalakahvure dhashu dharaja dheefa mithibeny aharumenah

  • Axe Kinzoku ނޮވެމްބަރ 3, 2024

    Dheneh bulhaa maheh kaandheykah nueh libeyne oa. Dhakkaalinama shalhikoh ulhey than. Al’hamdhu Lillaahi Shukuru

  • Ahmed Shujaau ނޮވެމްބަރ 3, 2024

    Janavaaraku hulhuvan ragalhee ves thikahala thanthan

  • Shimla Abdhul Shakoor ނޮވެމްބަރ 3, 2024

    Magumatheega gina vegen mi ulhey innsaanunthah ves gengos kottakah laabala thi gothah nikan 😡😡

    • Mohamed Ibrahim ނޮވެމްބަރ 6, 2024

      Shimla Abdhul Shakoor mi Sarukaarun isskan dheynee insaanunnakah noon.vote kaari veema Dr muiz ah bulhathah wess fennaaney insaanun gothuga.bulhaa sarukaaru.bulhaluthah dhaane vote laan 2028 ga.kehkohlaa

  • Hussain Dhinah ނޮވެމްބަރ 3, 2024

    Aharun vannaaneh thaneh dhakalaba furathama boa hadhey nukiyah

    • Nidey Xiyad ނޮވެމްބަރ 3, 2024

      Hussain Dhinah kaley ves bulhalakah vey

  • A Salaam Salaante ނޮވެމްބަރ 3, 2024

    Raithun magumathikohfa dhivehinge raajjega janavaarunves ulheni maaufaluga inaasunavure

  • Ali Naseem Ali Naseem ނޮވެމްބަރ 3, 2024

    Kobaa aharumen raajje therey ge meehunah ge alhaa dheykah nuveytha muizzoo

  • Honey Waheed ނޮވެމްބަރ 4, 2024

    Bulhalah maa molhehnu mueezu hoveema

  • Aminath Zakariyya ނޮވެމްބަރ 5, 2024

    V rangalhu kameh

Leave a Reply