ރާއްޖެއަށް ޑުރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއަށް ޑުރަގް އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ ހދ. ދިއްދޫ/ ފާގަތިގެ، އަހުމަދު ނަސީރު (45އ) އާއި ގއ. ކަނޑުހުޅުދޫ/ ނެސްޓް، އަލީ އައިހަމް (18އ) އަދި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮހަމާން (29އ) އެވެ.
ފުލުހުން ބުނީ، މި ތިން މީހުންގެ ތެރެއިން ނަސީރު ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އިން ހިއްސާކުރި މައުލޫމާތަކާ ގުޅިގެން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަނެއް ދެ މީހުން ހައްޔަރުކުރީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި މާލެއިން ކަމަށާއި އެ މީހުންގެ އަތުން 5.9 ކިލޯގެ ޑުރަގް ފެނުނު ކަމަށްވެސް ބުންޏެވެ
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ނަސީރު ފަސް ދުވަހަށް، އައިހަމް 10 ދުވަހަށް އަދި ރޮހަމާން ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.




ގުޅުންހުރި
ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި