އެ މަނިކުފާނު މިއަދު އިފްތިހާހުކޮށްދެއްވި ”ހިޔާވެހި ފައިނޭންސިން ސްކީމް“އަކީ އެއްފަހަރު ކުރިއަށް ގެންގޮސްފަ ހުއްޓިގެންދާނެ ސްކީމެއް ނޫން ކަމަށާއި އެއީ ދާއިމީކޮށް ކުރިއަށް ގެންދާނެ ސްކީމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ހިޔާވެހި ފައިނޭންސިން ސްކީމް“ އިފްތިތާހުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ސްކީމް ކުރިއަށް އޮތް ހަތަރު އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށެވެ އަދި އެ ސްކީމަށް ކޮންމެ އަހަރަކު ސަރުކާރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”މިއީ މިއަދު ފަށައިފައި މި އަންނަ އަހަރު ހުއްޓައިލައި ސްކީމެއް ނޫން. މިއީ ދާއިމަށް އިރާދަކުރެއްވީތީ ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ މަޝްރޫއެއް. މި އަހަރު މި ފާސްކުރަން ހުށަހަޅައިފައި އޮތް މި އަންނަ އަހަރުގެ ބަޖެޓުގެ، 2025ގެ ބަޖެޓުގައި، މި ސްކީމް، މިއަދު މި އިއުލާނުކުރި ސްކީމް ކުރިއަށް ގެންދިއުމަށް އެއް ބިލިއަން ރުފިޔާ ސަރުކާރު ބަޖެޓުން ކަނޑައަޅައިފައިވާނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއް ބިލިއަން ރުފިޔާ އިންވެސްޓުކޮށްގެން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު އަހަރު ތެރޭ ދޫކުރެވޭނެ ކަމަށެވެ.
”އެއް ބިލިއަން ރުފިޔާ އިންވެސްޓުކުރެވިގެން ޚަރަދުކުރެވިގެންދާނީ މި ރޭވިފައި އޮތް ގޮތުން ކަމުގައިވާތީވެ އިފެކްޓިވްލީ ހަގީގަތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު މި ސްކީމްގެ ދަށުން ދެންމެ މި އިއުލާނުކުރެވުނު އެއް ބިލިއަން ރުފިޔާގެ ކެޕްގެ ދަށުގައި…“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އިފްތިތާހުކޮށްދެއްވި ”ހިޔާވެހި ފައިނޭންސިން ސްކީމް“ގެ ސަބަބުން ގެދޮރު ބިނާކުރަން ބޭނުންވެފައިތިބި ފަރާތްތަކަށް އެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސްވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީއަދި މިއަދު ތަންފީޒުކުރެވެން ފެށުނީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަންކަން ކަމަށާއި އެންމެ އިސްކަންދެއްވަނީ ވައުދުތައް ފުއްދަވަން ކަމަށް ވެސް ވިދާޅުވިއެވެ.
”މި ލޯނު ސްކީމުގެ ސަބަބުން އިރާދަކުރެއްވިއްޔާ އެތައް ހާސް ރައްޔިތަކަށް އެ މަގުފަހިވެގެން އެބަދޭ،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ދައުރު ނިމޭއިރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ ގެދޮރުވެރިކަން ނެތް އެެއްވެސް ރައްޔިތަކު ނެތް މަންޒަރު ކަމަށެވެ.




2 Comments
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް