އޮސްޓްރޭލިއާގެ އެހީގައި ތައްޔާރުކުރާ ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ މަސައްކަތް ފަށައިފި

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުން: އަމާޒު ހިފާފައި ވަނީ އެ މަސައްކަތް އަހަރެއް ތެރޭގައި ނިންމުމަށް -- ފޮޓޯ: ރައީސް އޮފީސް
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުން: އަމާޒު ހިފާފައި ވަނީ އެ މަސައްކަތް އަހަރެއް ތެރޭގައި ނިންމުމަށް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރިއަށް އޮތް 20 އަހަރަށް އެކުލަވައިލާ މާސްޓަ ޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތްތައް ފަށައިފި އެވެ.

ރާއްޖެ ތަރައްގީ ކުރުމަށްޓަކައި 20 އަހަރުގެ މާސްޓަ ޕްލޭނެއް އެކުލަވައިލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީީ، އެ މަނިކުފާނުގެ އަމާޒުތައް ބައްޓަންކޮށްފައިވަނީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ އަށް ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖަ ހޯދައިދިނުން ކަމަށެވެ

ރައީސްގެ އަމާޒަކީ އެ ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމެވެ.

އެ މަނިކުފާނު ވިދާޅުވީ، ތައުލީމާއި ސިއްހީ އަދި އިޖުތިމާއީ ތަރައްގީގެ ކަންކަން ވެސް ރައްޔިތުން ބޭނުންވާ ހިސާބަކަށް ގެންދިއުމަށް ގައުމީ ޕްލޭންގައި އޭގެ ފުރިހަމަ މިސްރާބުތައް ކިޔައިދޭނެ ކަމަށެވެ. އަދި 2040 އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުކޮށް ރާއްޖެއަކީ ”ޑިވެލޮޕްޑް ނޭޝަން“ އެއްގެ ސްޓޭޓަސް ހޯދައިދޭން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ތަރައްގީގެ ޕްލޭން އެކުލަވައިލާނީ ދުނިޔެ އަށް އަންނަ ޒަމާނީ ބަދަލުތައް ވެސް ހިމަނައިގެން ކަމަށެވެ.